އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކެއް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފުކޮށްފިއެވެ.
މި އާ ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު 2 ޖީބީ އިން ފެށިގެން 6 ޖީބީއާ ހަމައަށް ޑޭޓާ އާވެގެންދިއުމުގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯއަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އަަބަދުވެސް މަަސައްކަތްކުރަނީ ބޮޑެތި ފައިދާތަކެއް އެކުލަވައިލައިގެން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް. މިއަދު މި ލޯންޗްކުރެވުނު އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. އަންލިމިޓަޑް އުރީދޫ ކޯލްސްގެ އިތުރުން ކޮންމެ ދުވަހަކު ޑޭޓާ އާވެގެން ދާދިއުމުން ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރެވޭވަރު ފަސޭހައިން މެނޭޖްކުރެވި ހެޔޮ އަގެއްގައި ކޮންމެ ދުވަހަކުވެސް އިންޓަނެޓް ބޭނުންކުރުން ފަހިވެގެންދާނެ." ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ.
- އާޗާ ޕޯސްޓްޕެއިޑް 600ރ : 60 ޖީބީ (ދުވާލަކު ރެގިއުލާ 1 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 1 ޖީބީ ޑޭޓާ) އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް، އެހެން ނެޓްވޯކްތަކަށް 300 މިނެޓް
- އާޗާ ޕޯސްޓްޕެއިޑް 800ރ : 120 ޖީބީ (ދުވާލަކު ރެގިއުލާ 2 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 2 ޖީބީ ޑޭޓާ) އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް، އެހެން ނެޓްވޯކްތަކަށް 600 މިނެޓް
- އާޗާ ޕޯސްޓްޕެއިޑް 1000ރ : 180 ޖީބީ (ދުވާލަކު ރެގިއުލާ 3 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 3 ޖީބީ ޑޭޓާ) އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް، އެހެން ނެޓްވޯކްތަކަށް 1000 މިނެޓް
- އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 50ރ : ދުވާލަކު 1 ޖީބީ ޑޭޓާ (24 ގަޑިއިރު)
- އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 150ރ : ދުވާލަކު 1 ޖީބީ ޑޭޓާ (ހަތް ދުވަސް)
- އާޗާ ޕޯސްޓްޕެއިޑް އެޑްއޯން 500ރ : ދުވާލަކު 1 ޖީބީ ޑޭޓާ (30 ދުވަސް)
އުރީދޫ ކަސްޓަމަރުން އަދި އާ ކަސްޓަމަރުންނަށް އުރީދޫގެ ފިހާރަތަކަށް ގޮސްގެން އާޗާ ޕޯސްޓްޕެއިޑް އެކްޓިވޭޓްކޮށްލެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު