ރަށްރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު ކައުންސިލް މެޖޯރިޓީ އޮތީ ކޮން ބަޔަކަށްތޯ ނުބައްލަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށްފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނުވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ތަސައްވަރެއް ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ދޭންޖެހޭ އެއްބާރުލުމާއި ބާރުވެރިކަން މިސަރުކާރުން ދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގައިވެސް ވަކި ރަށެއް ތަފާތުކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ކައުންސިލަރުން ތިއްބެވި ނަމަވެސް އަދި ކޮންމެ ޕާޓީއަކަށް އަގުލަބިއްޔަތު އޮތް ނަމަވެސް އެއެއް އަޅުގަނޑުމެން ނުބަލާނަން. އަޅުގަނޑުމެން ބަލާނީ ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ގޮތް" ރައީސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރި ނަމަވެސް ޒަމާނުއްސުރެ އެ ޕާޓީން ކާމިޔާބު ކުރަމުން އައި މާލޭސިޓީގެ މޭޔަރު ކަމުގެ ގޮނޑި އާއި މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު މިފަހަރު ވަނީ ގެއްލިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު