ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޯލީޝަންގައި ހިމެނޭ މައިޕާޓީ އެމްޑީޕީއަށް، ކާމިޔާބު ނުވި ދާއިރާތަކުގައި ހުރި މައްސަލަތައް ބަލައި، އެކަންތައްތައް ދެނެގަނެ އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިތާ މިއަދަަށް ތިން ދުވަސްވެފައިވާއިރު، އެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ކެންޑިޓުންނަަށް މަރުހަބާ ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ހަސަން ލަތީފު ވިދާޅުވީ، އިންތިހާބުގައި ކާމިޔާބު ކުރި ދާއިރާތަކަށް ވަރަށް ހޫނު މަރުހަބާއެއް، ދަންނަވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރި ނަމަވެސް ޒަމާނުއްސުރެ އެ ޕާޓީން ކާމިޔާބު ކުރަމުން އައި މާލޭސިޓީގެ މޭޔަރު ކަމުގެ ގޮނޑި އާއި މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު މިފަހަރު ވަނީ ގެއްލިފައެވެ.
މިއީ އިދިކޮޅު ޕީޕީއެމަށް ވެސް އަދި އެމްޑީޕީއަށް ވެސް އެންމެ މުހިއްމު ދާއިރާއެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ