މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އިލެކްޝަން ކޮމިޝަން (އީސީ) އިން އަންދާޒާ ކުރި އަދަދަށް ވުރެ އިތުރަށް ވޯޓުލައިފި އެވެ.
މި އިންތިހާބުގައި ވޯޓުލާނެ ކަމަށް އަންދާޒާ ކުރެވެނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 38 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ އަދަދެއް ކަމަށް އީސީ އިން މިއަދު ބުނެފައިވެއެވެ.
އެހެން ނަމަވެސް މިހާތަނަށް 523 ވޯޓު ފޮއްޓެއް ބަންދުކޮށްފައިވާއިރު، ވޯޓުލީ މީހުންގެ އިންސައްތަ 65.27 އަށް އަރާފައިވާ ކަމަށް އިސީން ވަނީ ބުނެފަ އެވެ.
މި އިންތިހާބުގައި ބަހައްޓާފައިވާ ޖުމުލަ ވޯޓު ފޮށީގެ އަދަދަކީ 713 އެވެ. އަދި މިހާތަނަށް 178،280 މީހުން ވަނީ ވޯޓުލާފަ އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 273،128 އެވެ. ގިނަ ފޮށިތަކެއް ބަންދުކޮށްފައިވާއިރު 53 ވޯޓު ފޮއްޓެއް މިހާރު ވަނީ ގުނަން ފަށާފަ އެވެ. އަދި ބައެއް ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.
އިންތިހާބުގެ ވޯޓު ގުނަން ފަށާފައިވަނީ 6:30ގަ އެވެ. އަދި މިރޭ 12:00ގެ ކުރިން ވަގުތީ ނަތީޖާ އިއުލާން ކުރެވޭވަރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންދާޒާ ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު