ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ޕްރޮޖެކްޓް ސައިޓު މޮބިލައިޒްކޮށްފިއެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 12،127 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ފަސް އަޅައި އެއްވަރު ކުރާނެ ކަމަށާއި 210 މީޓަރުގެ ސަރަހައްދެއްގައި ހިލަ ޖަހައި 270 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ހަދާނެ ކަމަށެވެ.
މި މަޝްރޫއަކީ 15.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު