ޚަބަރު

އަންނަ އާދީއްތަ ދުވަހު ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށަނީ

އަލީ ޔާމިން

އަންނަ އާދީއްތަ ދުވަހު ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، ފައިޒާ ވެކްސިން ޖަހާނީ ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ދޭނީ 16 އަހަރާއި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނަށާއި 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓަރީ ކުރެވޭނީ އެޗްޕީއޭގެ ވައިބާ އާއި ޓުވިޓާގައިވާ ގޫގުލް ލިންކު މެދުވެރިކޮށް ކަމަށެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިންގެ އިތުރުން އިންޑިއާގެ އެސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނެވެ. މިހާތަނަށް ރާއްޖޭގައި 265،235 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، 14،951 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.

ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓަރީކުރުމަށް