ހއ. ހޯރަފުށީ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
އެ މަޝްރޫއުގެ ދަށުން، ހއ. ހޯރަފުށީގެ 11 މަގެއްގެ 303,5 މީޓަރު ދިގުމިނުގެ ސަރަހައްދެއްގައި ތާރު އަޅައި ތަރައްގީކުރުމާއި، 80.113،11 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 90.71 މިލިއަން ރުފިޔާއަށް، 470 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތްކޮށް ނިންމާފައިވަނީ ވެސް އެމްޓީސީސީންނެވެ. އޭގެ އިތުރުން އެމްޓީސީސީން ހޯރަފުށީ ފެރީ ޓާމިނަލްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ވެސް ވަނީ ތައްޔާރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު