އދ. މަހިބަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

އދ. މަހިބަދޫން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެ ކޭސްއާ ގުޅިގެން މަހިބަދޫން ނެގި ހުރިހާ ސާމްޕަލެއް ނެގަޓިވްވުމުން އެ ރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މަހިބަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު މީގެ ކުރިން "ވަން"އަށް ވިދާޅުވީ މާލެ ގެނެސް ކޮވިޑަށް ޓެސްޓުކުރުމުން ޕޮޒިޓިވްވި މީހާއަކީ ނޭވާލުމުގައި މައްސަލަތަކެއް ހުރުމުން ސަބަބުން އަބަދުވެސް ޑޮކްޓަރަށް ދައްކަމުން އަންނަ މީހެއް ކަމަށެވެ. އޭނާއަކީ ކަންނެލި މަސްވެރިކަމުގައި އުޅޭ މީހެކެވެ.

މަހިބަދޫގެ އިތުރުން މިއަދު ވަނީ ދ. ކުޑަހުވަދޫ އާއި އެ އަތޮޅު މީދޫ ވެސް އާންމު ހާލަތަށް ގެނެސްފައެވެ.