މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނަކަށް ސިފައިން ހަތިޔާރާ އެކު އެހީތެރިކަން ފޯރުކޮށްދިން އިރު ފެނުނީ ކުޑަކުދިން ކުޅެން ބޭނުން ކުރާ 'ޓޯއީ ގަން' އެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން އެންމެ ފުރަތަމަ ބުނީ، ފުލުހުން ހިންގާ އޮޕަރޭޝަނަކަށް ފުލުހުން އެދިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެ އޮޕަރޭޝަނަކީ ގެއެއްގައި ހަތިޔާރު ހުރި ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
"އެމްއެންޑީއެފުން ގެ ޗެކު ކުރިއިރު އެ ހަތިޔާރަކީ ކުޅޭ ކުޅޭ ޓޯއީ ގަންއެއް،" އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދުގައި ވަންގެ ނޫސްވެރިޔަކު ހަރަކާތްތެރިވަމުން އަންނައިރު، އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ސިފައިންނާއި ފުލުހުން، މ. އަނބުމާގެ އަށް ވަދެ ނިކުމެ ހަދާ މަންޒަރު ވަނީ ފެނިފަ އެވެ. އަދި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުން މޫނު އެއްކޮށް ނިވާކޮށްގެން ތިބި ނަމަވެސް ސިފައިން ތިބީ ކޮވިޑުން ރައްކާތެރިވުމަށް އާންމުކޮށް ބޭނުންކުރާ މާސްކު އަޅައިގެން ބަޑި ހިފައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު