މ. މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މުލީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އާއި މ. މުލި ކައުންސިލުގެ ރައީސް އަހުމަދު ޝާތިރު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއި ކުރީ މިއަހަރުގެ ފެބްރުއަރީ 28 ގައެވެ.
ޖުމުލަ 221.7 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމްކުރާނެ އެވެ. އަދި ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު