އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ކްލަބު އީގަލްސް އާއި ދެކޮޅަށް ކުޅުމަށް ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީ ރާއްޖެ އަތުވެއްޖެއެވެ.
ކޮވިޑް 19ގެ ޕްރޮޓޮކޯލްގެ ދަށުން ދެ ކްލަބުންވެސް މިހާރު ޕީސީއާރް ޓެސްޓްތައް ފުރިހަމަ ކޮށްފައިވާއިރު، އެފްއޭއިން ބުނެފައި ވަނީ މެޗަށް ނުކުންނަ އޮފިޝަލުން ވެސް ވަނީ ޕްރޮޓޮކޯލްއާ އެއްގޮތަށް ކޮވިޑް 19ގެ ޓެސްޓް ހަދާފައި ކަމަށެވެ. މެޗުގައި ކުޅެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެ، އެކަށީގެން ވާ ވަރަށް ބޮޑީ ޓެމްޕަރޭޗާ ހުންނަ ކުޅުންތެރިންނަށް ކަމަށެވެ.
ތިމްޕޫ ސިޓީ އާއި ކްލަބު އީގަލްސް ވާދަކުރާ މެޗު މާދަމާ ހަވީރު ގައުމީ ދަނޑުގައި އޮންނައިރު، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް އީގަލްސް ދަތުރު ކުރުމަށް ފުރަތަމަ ކަޑައްތު ކުރަން ޖެހޭ ހަރުފަތަކީ ޕްލިމިނަރީ ބުރެވެ. ދެ ލެގުގައި ތިމްޕޫ ސިޓީ ބަލިކޮށްފިނަމަ، ދެން ކްލަބު އީގަލްސް އިން ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުޅެން ޖެހޭނީ އިތުރު ކޮލިފިކޭޝަން ބުރެކެވެ.
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް މިއަހަރު ސެންޓްރަލައިޒްކޮށް، ކޮންމެ ގްރޫޕެއްގެ މެޗުތައް ގައުމެއްގައި ކުޅުމަށް ހަމަޖައްސާފައިވާއިރު، ގްރޫޕް ޑީގެ މެޗުތައް ކުޅެވޭނީ ރާއްޖޭގައެވެ. އެކަމަށް އެފްއޭއެމްއިން ތައްޔާރުވަމުން އަންނައިރު، މިއަދު ވަނީ އޭޑީކޭއާއެކު މެޑިކަލް އެސިސްޓެންސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައިވެސް އެފްއޭއެމްއިން ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލްއެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު