ޓެކްސީތަކުގައި ރޭޑިއޯ ނުވަތަ އަޑު ނުކުންނަ ބާވަތުގެ އެއްވެސް ވަސީލަތެއް ދެން ބޭނުން ކުރެވޭނީ ދަތުރު ކުރާ ފަސިންޖަރުންގެ ހުއްދައާ އެކު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ދަތުރުގެ ވަގުތުގައި ޓެކްސީތަކުގައި ލަވައާއި މަދަހަ ނުވަތަ މިޔުޒިކް ޖެހުމަކީ އާންމު ކަމެކެވެ. އެކަމާ ގުޅިގެން ބައެއް ރައްޔިތުން ކަންބޮޑުވުން ވެސް ފާޅުކުރެއެވެ.
ޓެކްސީގެ ގަވައިދަށް އިއްޔެ ގެނައި އިސްލާހާއެކު، ދަތުރުކުރާ މީހުންގެ ހުއްދަ ނެތި، ޓެކްސީގައި ލަވަ ނުވަތަ އެ ފަދަ އެހެން އެއްވެސް އެއްޗެއް ޖެހުން މަނާވާނެ އެވެ.
ގެޒެޓްގައި މިހާރު ޝާއިއުކޮށްފައިވާ މި ގަވައިދަށް އިތުރު އިސްލާހެއް ވެސް ވަނީ ގެނެސްފަ އެވެ.
އޭގައި ބުނާ ގޮތުން ޓެކްސީ ސެންޓަރާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދާ މެދު، ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ކުރާ މުވާސަލާތީ ނިޒާމެއް ގާއިމްކޮށްފައި ހުންނަން ޖެހޭނެ އެވެ. މި މުވާސަލާތީ ނިޒާމުގެ ބޭނުން ހިފަން ޖެހޭނީ ރިވެތި އަދަބުތަކާއި އިހްތިރާމާއެކު، ރީތި ބަހުން ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު