މިދިޔަ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މާދަމާއިން ފެށިގެން ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ. ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

އެޗްޕީއޭއިން ބުނީ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ފަސް ސެންޓަރަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށެވެ.

  • ސޯޝަލް ސެންޓަރު - ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު - ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް
  • ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) - ހެނދުނު 10:00 އިން މެންދުރުފަހުު 3:00 އަށް
  • ނޭޝަނަލް އާޓް ގެލަރީ - ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް
  • ސެނެހިޔާ - ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފެށި ފަހުން މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.