ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ދެވަނަ ޑޯޒް ޖެހުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.
ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުރަތަމް ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން މިހާރު އަށް ހަފުތާވެފައިވާ މީހުންނަށް ދެވަނަ ޑޯޒް ވަނީ ޖަހަން ފަށާފަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އިންޑިއާ އިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި މިހާރު ދެމުން އަންނަނީ ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒެވެ.
އެޗްއީއޯސީން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފުތާ އާއި 12 ހަފުތާއާ ދެމެދު ޖެހުމަށް އޮތް ނަމަވެސް ރާއްޖެއިން ނިންމާފައިވަނީ އަށް ހަފުތާ ވުމުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ކަމަށާއި އެހެން ކަމުން އަށް ހަފުތާވުމުން ލަސްނުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ދެވަނަ ޑޯޒް ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރާއްޖޭގައި މިހާރު ފުރަތަމަ ޑޯޒް ދެމުން އަންނަނީ ޗައިނާގެ ސިނޯފާމް އެވެ. އެ ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުން ދޭން ފަށާނެ ކަމަށް އެޗްއީއޯސީން ބުނެފައިވާއިރު މި މަސް ނިމުމުގެ ކުރިން ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތުވެސް ހުޅުވާލާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު