މާލޭ މޭޔަރު ކަމަށް އިދިކޮޅުން ނިކުންނަވާ ޑރ. މުހައްމަދު މުއިއްޒު އަށް ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ތާއީދު ކުރައްވައިފި އެވެ.
މޭޔަރުގެ މަގާމަށް އިދިކޮޅުން ވާދަކުރައްވާ ޑރ. މުއިއްޒަށް ވޯޓު ދެއްވުމަށް މުސްތަފާ އެދިވަޑައިގެންފައިވަނީ، ޑރ. މުއިއްޒުގެ ތައުލީމީ ފެންވަރު އަންގައިދޭ ވީޑިއޯކޮޅެއް ޓުވީޓް ކުރެއްވުމަށްފަހު އެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދަށް ވޯޓުލެވޭ ތިމަރަފުށީގެ ރައްޔިތުން، ޑރ. މުއިއްޒަށް ވޯޓު ދިނުމަކީ އޭނާގެ ނިހާއީ އެދިވަޑައިގަތުމެއް ކަމަށެވެ.
މުސްތަފާގެ އެ ނިންމެވުމަށް ޑރ. މުއިއްޒު ވަނީ މަރުހަބާ ދަންނަވާފަ އެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މުސްތަފާ ހުންނެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން އެ ޕާޓީން އޭނާ ވަކިކޮށްފައިވާއިރު އެ އިންތިހާބުގައި މުސްތަފާ މަސައްކަތް ކުރެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު އެވެ. އަދި ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު