އދ. މަހިބަދޫން މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މަހިބަދޫ ކައުންސިލުގެ ނައިބު ރައީސް ބުންޔާމީން ހަސަން "ވަން" އަށް މިއަދު ވިދާޅުވީ މަހިބަދޫން އިތުރު ފަރުވާ އަށް މާލެ ފޮނުވާލި މީހަކު އައިޖީއެމްއެޗުގައި އެޑްމިޓުކުރަން ހެދި ކޮވިޑު ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ ކަންނެލި މަސްވެރިކަމުގައި އުޅޭ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެ ކޭސްއާ ގުޅިގެން އޭނާގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރުމަށް މަހިބަދޫއަށް މިވަގުތު އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.
މަހިބަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި މީހާއަކީ، ނޭވާލުމުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން އަބަދު ވެސް ޑޮކްޓަރަށް ދައްކަމުން އަންނަ މީހެއް ކަމަށެވެ. އަދި އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމުން މާލެ ދިއުމަށް ޑޮކްޓަރު އިރުޝާދު ދިން ކަމަށާއި އަދި އިއްޔެ މާލެ އައިސް ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އެންމެ ފަހުން ދެއްކީމަ ޑޮކްޓަރު އެޑްވައިސް ކުރީ މާލެ ދާން. އެއީ ބަރުދަން ލުއިވުމާއި މާބޮޑަށް ހިކި، ނުކެވި، ދެން އަނެއްހެން ވަރަށް ބޮޑަށް ބަލިވީމަ ބުނީ މާލެ ދާން. އެމީހާ އިއްޔެ މާލެ ގޮސްފަ ކޮވިޑް ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވްވިކަން މިއަދު އެންގީ. އެކަމަކު އިއްޔެ މިކޮޅުން (މަހިބަދޫ) އިން ފުރި އިރުވެސް ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެނޭ." އޭނާ ވިދާޅުވިއެވެ.
މިއާއެކު ކޮވިޑް ބަލި ފެތުރި މޮނިޓަރިން އަށް ލާފައިވާ ރަށްތަކުގެ އަދަދު ވަނީ 17 އަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު