ރުގްޔާގެ ނަމުގައި ރ. ދުވާފަރުގައި ހަތަރުމައިން ގެއެއްގައި ބަންދުކޮށް ރޭޕް ކުރި ކަމަށް ބުނާ ބައްސަލައިގެ ޝަރީއަތުގެ މަޖިލިސް ސިއްރު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ، މިއަދު ހެނދުނު 9:00 އަށް ކުރިމަން ކޯޓުގައި ތާވަލްކޮށްފައި އޮތް މި އަޑު އެހުން ސިއްރު ކުރީ އެ މައްސަލައިގެ ބާވަތުން ކަމަށެވެ.
އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ އިތުރުން، އަންހެން މީހާ އާއި އޭނާގެ ދޮށީ ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިި ވަނީ އަންހެން މީހާގެ ފިރިމީހާ، ރ. ކަނދޮޅުދޫ މިރިހިމާގެ، އިސްމާއިލް ވަހީދާއި ރުގްޔާގެ ނަމުގައި ސިހުރުގެ އަމަލުތަކެއް ހިންގި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ، މުހައްމަދު އަސީލެވެ.
މި މައްސަލައިގައި، އަންހެން މީހާ އާއި އޭނާގެ ދަރިފުޅު ގަޔަށް ޖިންނި ވަދެފައިވާ ކަމަށް ބުނެ އެމީހުން ދިރިއުޅޭ ގޭގައި ރަހީނު ކޮށްގެން އެކި އަނިޔާ ދިނުމުގެ އިތުރުން، ނަފުސާނީ ގޮތުން ވެސް ވަނީ އަނިޔާދީފަ އެވެ.
އެ ދެމީހުން އެ އަމަލު ހިންގާފައި ވަނީ ޖިންނީންގެ އުނދަގުލުން ސަލާމަތް ކުރަން ކަމަށް ބުނެ އޮޅުވާލައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު