ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާ މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއްގައި ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އުރީދޫން ބައިވެރިވެއްޖެ އެވެ.
ވިމެން އިން ޓެކް މޯލްޑިވްސް އިން "މާސްޓާ ކްލާސް: ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ނަމުގައި ހިންގާ މި ޕްރޮގްރާމަކީ ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާ މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
އުރީދޫން ބުނީ މިއީ މީސްމީޑިއާ ބޭނުންކޮށްގެން ކަސްޓަމަރުންނާ ފުރިހަމަ ގޮތެއްގައި މުއާމަލާތް ކުރާނެ ގޮތްތައް ދަސްކޮށްދޭނެ ޕްރޮގްރާމެއް ކަމަށެވެ. މިޕްރޮގްރާމްގައި ޓުވިޓާ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށް އެންމެ ފުރިހަމަޔަށް ފޯރުކޮށްދޭނެ ގޮތް ކިޔައިދޭނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފަ އެވެ.
އުރީދޫގެ ޕާޓްނާޝިޕްގެ ދަށުން 12 ސްޓާޓްއަޕް ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ފަސް ސެޝަނަކަށް ބަހާލައިގެން ހިންގުމަށް ހަމަޖައްސާފައިވާ މި ޕްރޮގްރާމްގައި މެންޓަރިން ސަޕޯޓުގެ ބައެއްވެސް ހިމެނޭނެ ކަމަށާއި ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެ މައުޟޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ. ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށް ވަކިވަކިން ބައިވެރިންނަށް އިރުޝާދު ދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މިޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ empoweringbrands.co ގެ ޑިރެކްޓަރު އަދި ފައުންޑާ، ވިނީތީ ސިންގް އެވެ. އެމްޕަވަރިން ބްރޭންޑްސް އަކީ ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީ އުފެއްދުމުގެ އެކި ޓްރެއިނިން ޕްރޮގްރާމްތައް ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމެއްގައި ކުރިން ހިންގާފައިވާ ބައެކެވެ.
އެވްރެޖް ގޮތެއްގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް ދެ ގަޑިއިރާއި 24 މިނިޓު އޮންލައިންކޮށް ހޭދަކުރެ އެވެ. ގިނަ ކުންފުނިތަކުން މީސްމީޑިއާ މެދުވެރިކޮށް ތަކެއްޗާއި ހިދުމަތް މާކެޓްކުރާއިރު، މިފަދަ ޕްރޮގްރާމަކުން އޮންލައިން ފަރާތްތަކަށް އިތުރު ފުރިހަމަކަމާއެކު މުއާމަލާތް ކުރާނެ ގޮތް ދަސްވެގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު