ރ. މަޑުއްވަރި ވެސް އާންމު ހާލަތަށް ގެނެސްފިއެވެ.
ރ. އުނގޫފާރުގައި އުފެދުނު ކޮވިޑު ކުލަސްޓާއާ ގުޅުން ހުރި މީހަކު މަޑުއްވަރިން ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މަޑުއްވަރި މިއަދު މޮނީޓަރިންގެ ހާލަތުން ނަގައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. މަޑުއްވަރިން ޕޮޒިޓިވްވީ އެންމެ މީހެކެވެ. ނަމަވެސް ފަހުން އެރަށުން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފައެވެ.
މަޑުއްވަރީގެ އިތުރުން އުނގޫފާރު ވެސް މިއަދު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ. އެރަށުން ޖުމްލަ ހަ މީހަކު ޕޮޒިޓިވްވިއެވެ. އުނގޫފާރު ކުލާސްޓާއާ ގުޅިގެން ކ. ދިއްފުއްޓާއި ޅ. ނައިފަރާއި ރ. ހުޅުދުއްފާރާއި އެ އަތޮޅު އަލިފުށިވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު