ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ) އިން ބުނީ މިއަދު ދެވަނަ ޑޯޒް ޖަހަން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 4-1 އާ ދެމެދު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށަނީ މާލޭ ސަރަހައްދުގައެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މީގެ ކުރިން "ވަން" އަށް ވިދާޅުވީ، ކޮވިޝިލްޑުގެ ދެވަނަ ޑޯޒު ދޭން ފެށި ނަމަވެސް، ރާއްޖޭގައި ދެން އެއްވެސް މީހަކަށް ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޑޯޒު ނުދޭނެ ކަމަށެވެ.
- ސޯޝަލް ސެންޓަރު (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)
- ވިލިމާލެ ޒުވާނުންގެ މަރުކަޒު (ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް)
- ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) (ހެނދުނު 10:00 އިން މެންދުރުފަހުު 3:00 އަށް)
- ނޭޝަނަލް އާޓް ގެލަރީ (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)
- ސެނެހިޔާ (ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް)
ޚަބަރު
ޚަބަރު
ޚަބަރު