އއ. ރަސްދޫން މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ "ނޭވީ 2" ނަމަކަށް ކިޔާ އެ ލޯންޗުގައި އެ ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 6:45 ހާއިރު ކަމަށާއި ރޯވެފައިވަނީ އެ ލޯންޗުގެ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި ކަމަށެވެ.

އެ ލޯންޗުން 22 ގެސްޓަކާއި ތިން ފަޅުވެރިންނާއެކު ޖުމުލަ 25 މީހަކު ދަތުރުކުރި ކަމަށާއި ލޯންޗުގެ ވެރިފަރާތުން އެހެން ލޯންޗެއްގައި މިހާރު އެ މީހުން އަނބުރާ ރަސްދުއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި އެ ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.