ގޭގެއަށް ލާފައިވާ ފެން މީޓަރަށް ކޮންމެ މަހަކަށް ނަގަމުންދިޔަ 30 ރުފިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފުކޮށްދެއްވައިފިއެވެ.
އެ ފީ ރައީސް މައާފުކޮށްދީފައި މިވަނީ، ގޭގެއަށް ލާފައިވާ ފެން މީޓަރަށް ނަގަމުން ދިޔަ 30 ރުފިޔާ ކަނޑައިލުމަށް ކަމާބެހޭ އިދާރާތަކަށް ފެނަކަ ކޯޕަރޭޝަނުން އަންގާފައިވަނިކޮށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ފެން މީޓަރުތަކުން ނަގަމުންދިޔަ 30 ރުފިޔާ މައާފުކޮށްދެއްވާފައިވަނީ މިއަދު ކަމަށާއި އެހެންކަމުން އެ ފީއެއް ފެނަކައިން ދެން ނުނަގާނެ ކަމަށެވެ.
ގޭގެއަށް ލާފައިވާ ފެން މީޓަރަށް ނަގަމުންދިޔަ 30 ރުފިޔާގެ ފީ ކަނޑައިލުމަށް ފެނަކައިގެ ބޯޑުން ނިންމައި، ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅާފައިވަނީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު