ކޮވިޑް 19ގެ ހަރަދުތައް ކުރުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ އެ މިނިސްޓްރީގެ އިސް ދެ ވެރިން މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަނުގައި ތިބޭތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އެ މައްސަލައިގައި އެންމެ ފުރަތަމަ ސަސްޕެންޑްކޮށްފައިވަނީ ބިޑް ކޮމިޓީގެ ޗެއާޕާސަން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު އަދި ވެންޓިލޭޓަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދެވެ.
ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައަކީ މަހަކު 35،500 ރުފިޔާއެވެ. އެއީ 20،500 ރުފިޔާގެ މުސާރަ އަދި 15،000 ގެ އެލަވަންސަކާ އެކުއެވެ
އިތުރު ބައެއް ވެރިންވެސް ހިމެނޭ ގޮތަށް އެ ތިން ބޭފުޅުން ސަސްޕެންޑް ކުރީ މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީގެ ތެރެއިން ހިންގި ކޮރަޕްޝަންތަކާ ގުޅިގެން ސަސްޕެންޑްކުރި ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރުގެ މައްސަލައެއް ތަހުގީގަށް ފެނިފައި ނުވާތީ، އޭނާއަށް ދައުވާ ނުކުރަން ނިންމައި ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ. ނަމަވެސް ނިޝާމާ އާއި ޝިޔާމާ އަދިވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
ހެލްތު މިނިސްޓްރީގެ އިސްވެރިން ސަސްޕެންޑް ކުރީ، އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަން ނިމެންދެނެވެ.
ޚަބަރު
ޚަބަރު
ޚަބަރު