އާލިއާ ބަޓް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އިންޑިއާގައި ހާއްސަކޮށް މަހާރާޝްތުރާގައި ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް މަތިވަމުންދާއިރު، ބޮލީވުޑް ތަރިންގެ ތެރެއިންވެސް ގިނަ ބަޔަކު ދަނީ މި ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.
ފިލްމު ''ގަންގޫބާއި ކަތިޔަވަޑި'' ގެ ޝޫޓިންގައިި އުޅެމުން ދަނިކޮށް އާލިއާ ބަޓް ޕޮޒިޓިވް ވި ހަބަރު އޭނާ ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ.
އާލިއާ ގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި ރަންބީރު ކަޕޫރް މީގެ ކުރީން ކޮވިޑަށް ޕޮޒިޓިވް ވެ މިހާރުވަނީ ރަނގަޅު ވެފައެވެ.
މިފަހުން ކޮވިޑަށް ޕޮޒިޓިވި ވި ތަރިންގެ ތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، އާމިރް ހާން، ކާތިކް އާރިޔަން، ތާރާ ސުތާރިޔާ، އަޝިޝް ވިދުޔާރުތީ ފަދަ ތަރިން ހިމެނެއެވެ.
ކޮވިޑަށް ޕޮޒިޓިވް ވި ހަބަރު އާލިއާ އިންސްޓަގްރާމުގައި ހިއްސާކުރި ހަބަރާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާ ކުރަމުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް