ޅ. ކުރެންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކުރެންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެ އަތޮޅުގައި ބާކީ އޮތް ތިން ރަށް ވެސް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ޅ. އަތޮޅަށް ބަލި ފެތުރުނު ގޮތް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ. ނަމަވެސް އެ އަތޮޅު ފެލިވަރުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވެ އެމީހުންނާ ކޮންޓެކްޓްވި ގިނަ ބަޔަކު އެ އަތޮޅުގެ އެހެން ރަށްތަކުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ކުރެންދޫން މިހާތަނަށް ކޮވިޑަށް ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. މި މީހުންނަކީ އެ އަތޮޅު ނައިފަރު ކްލަސްޓާއާ ގުޅުން ހުރި ބައެއް ކަމަށް އެރަށު ހެލްތު ސެންޓަރުން ބުނެ އެވެ.