ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި ސިނޮފާމް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒް ރާއްޖެ ގެނެސްފި އެވެ.
ޗައިިނާ އިން ރާއްޖެއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ އެއްލައްކަ ޑޯޒް ސިނޮފާމް ވެކްސިން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ޗައިނާއިން ވަނީ ސިނޮފާމް ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.
އިމަޖެންސީ ހާލަތުގައި އެ ވެކްސިން ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުއްދަދީފަ އެވެ. މީގެ އިތުރުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވެސް އެމްއެފްޑީއިން ވަނީ ދީފަ އެވެ. ނަމަވެސް ރާއްޖޭގައި މި ވަގުތު ޖަހާފައިވަނީ ކޮވިޝީލްޑް އަދި ސިނޮފާމް ވެކްސިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު