އިރުދެކުނު އޭޝިއާ ސަރަހައްދުގެ އިންޓަނެޓް ސްޕީޑް ހަލުވި ކުރުމަށް ފޭސްބުކުން ކޭބަލް އަޅަން ނިންމައިފިއެވެ.
ފޭސްބުކް އާއި ގޫގްލް ގުޅިގެން ކުރުމަށް ނިންމާފައިވާ އެމަސައްކަތުގެ ދަށުން އުތުރު އެމެރިކާއިން ފެށިގެން އިރުދެކުނު އޭޝިއާއަށް ކަނޑުގެ އަޑިން ކޭބަލް އެޅުމަށް ވަނީ ނިންމާފައެވެ.
އެކޯ އެންޑް ބައިފްރޮސްޓް ނަމުން ނަން ދީފައިވާ ޕްރޮޖެކްޓްގައި ޖާވާ ކަނޑު ހުރަސްކޮށް ފުރަތަމަ އިންޑޮނީޝިއާ އަށް ކޭބަލް އިން ގުޅައިލުމަށް ވަނީ ހަމަޖެހިފައެވެ.
އެޕްރޮޖެކްޓްގެ ދަށުން ސިންގަޕޫރާއި އިންޑޮނޭޝިއާއަށް ހަލުވި އިންޓަނެޓް ދިނުމަށް ހަމަޖެހިފައި ވެއެވެ.
2023 އަށް ނިންމުމަށް ހަމަޖެހިފައިވާ އެޕްރޮޖެކްޓަށް ފަހު އެ ދެގައުމުގެ އިންޓަނެޓް ފޯރުކޯށްދިނުން ފުޅާވެ ހިދުމަތް ފުރިހަމަ ވާނެކަމަށް ފޭސްބުކުން ބުނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ