ދިވެހިރާއްޖެ އާއި ކިންގްޑަމް އޮފް ލެސޯތޯއާ ދެމެދު ރަސްމީކޮށް މިއަދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ދެގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިނެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.
ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އިހުތިރާމުކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތައް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ލެސޯތޯއަކީ ކުޑަ ދެގައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާއެކު ދެގައުމު ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އާބާދީގައި 2.12 މިލިއަން މީހުން އުޅޭ ލެސޯތޯއަކީ އެގައުމުގެ ވަށައިގެން ދެކުނު އެފްރިކާ އޮންނަ ލޭންޑް ލޮކްޑް ގައުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު