ރޯދަ މަހާ ދިމާކޮށް މިއަހަރުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފިއެވެ.

ސައުދީން މި އަހަރު ހަދިޔާ ކޮށްފައި ވަނީ 25 ޓަނުގެ ކަދުރެވެ. މީގެ ކުރީގެ އަހަރުތަކުގައި ރާއްޖެއަށް ސައުދީގެ ފަރާތުން 50 ޓަނުގެ ކަދުރު ހަދިޔާކުރެއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރު ބެހުމަށް ހަވާލުކުރެވުނު 25 ޓަނުގެ ކަދުރާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

މިއަހަރު ކަދުރު ލިބުނު މިންވަރު މަދުވެފައިވާއިރު، މި ކަަދުރު ބަހާނެ ގޮތުގެ ތަފްސީލެއް މިނިސްޓްރީން ނުދެއެވެ. ރާއްޖޭގައި ބައެއް އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރޯދަ މަހާ ދިމާކޮށް ކަދުރު ބަހައެވެ.