ރ. އުނގޫފާރުގައި ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް މޮނިޓަރިން އަށް ގެންގޮސް ރަށަށް ދަތުރުކުރި ފަރާތްތައް ހޯދައި ކަރަންޓީނު ވުމަށް އެންގިއެވެ. އުނގޫފާރަކީ ރީޖަނަލް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ވުމާއެކު ރ. އަތޮޅު ފިޔަވައި، ބ، ޅ، ކ އަތޮޅުންވެސް ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެރަށަށް ވަނީ ޒިޔާރަތް ކޮށްފަ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއެކު މާލޭގައި ބަލި ފެތުރުން އިންތިހާ އަށް އިތުރުވެފައިވާތީ އަތޮޅުތެރެއިން ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް ދަތުރުކުރަނީ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބޮޑެތި ހޮސްޕިޓާ ތަކަށެވެ.
އެހެންކަމުން އުނގޫފާރަށްވެސް ގިނަ ބަޔަކު ވަނީ ދަތުރުކޮށްފަ އެވެ. އެމީހުން ހޯދައި ކަރަންޓީނު ކޮށް އެމީހުންގެ ޓެސްޓުތައްވެސް ހެދި އެވެ. އެގޮތުން ނައިފަރުންނާއި، ދިއްފުށިންނާއި، ހުޅުދުއްފާރުން މިމަހުގެތެރޭގައި އުނގޫފާރަށް ދަތުރުކުރި ބަޔަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
ނަމަވެސް މިއީ ހަގީގަތުގައި އުނގޫފާރުން ކޮންޓެކްޓްވެ ނުވަތަ އުނގޫފާރުން ވައިރަސް ފެތުރި ޕޮޒިޓިވް ވި މީހުން ކަމާ މެދު ސުވާލު އުފެދެ އެވެ.
އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ޒަޔާން "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށަށް ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ބަލި ޖެހުނު އެންމެނަކީ އެރަށުން ކޮންޓެކްޓް ވެގެން ބަލި ޖެހުނު މީހުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ހުޅުދުއްފާރުން ޕޮޒިޓިވް ވި މީހާ ޕޮޒިޓިވް ވެފައިވަނީ އުނގޫފާރުން ކޮންޓެކްޓް ވެގެން ކަން ގަބޫލު ކުރެއްވޭ ކަމަށެވެ.
ޒަޔާން ވިދާޅުވީ އެ ރަށަށް ބަލި ފެތުރުނީ މާލެ ދަތުރުކުރާ ބޯޓަކުން ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން ބޮޑަށް ލަފާކުރެވެނީ މާލެ ދަތުރުކުރާ ބޯޓުންނޭ މިބަލި މި ފެތުރުނީ. އެއީ އެންމެ ފުރަތަމަ ޕޮޒިޓިވް ވީވެސް ބޯޓު ކެޕްޓަން. އަދި މިހާތަނަށްވެސް ޕޮޒިޓިވް ވީ އެ ބޯޓާ ގުޅުން ހުރި މީހުން." އެނާ ބުންޏެވެ.
އުނގޫފަަރުން މިހާތަނަށް 500 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު ހަ މީހަކު ފިޔަވައި އިތުރު މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
އުނގޫފާރަށް، ދިއްފުށިން މިމަހުގެ ތެރޭގައި ދަތުރުކުރި ދެ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ހުޅުދުއްފާރުންނާއި މަޑުއްވަރީ އަދި ނައިފަރުންވެސް އެރަށަށް ދަތުރުކުރި ބަޔަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.
ޒަޔާން އިތުރަށް ވިދާޅުވީ މިހާރު އެންމެ ކަންބޮޑުވަނީ ފެލިވަރު ކްލަސްޓާގެ ކޮންޓެކްޓުން އެރަށުގައި ތިބީމަ ކަމަށާއި އަދި އެމީހުން މިހާރު ކަރަންޓީނު ކޮށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ނަތީޖާ ނުލިބޭ ކަމަށް ވިދާޅުވި އެވެ.
އުނގޫފާރު މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
ފީޗާރޑް
ފީޗާރޑް
ފީޗާރޑް
ފީޗާރޑް