ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާ ލިބޭ އުރީދޫގެ "އާޗާ ޑެއިލީ 2ޖީބީ" ޕެކޭޖު ތައާރަފު ކޮށްފި އެވެ.
އުރީދޫން ބުނީ ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އުރީދޫގެ "އާޗާ ޑެއިލީ 2ޖީބީ" ޕްލޭންތަކާއެކު، ޖުމުލަ 60 ޖީބީ މުޅި މަހަށް ލިބޭ ޕެކޭޖުގެ އަގަކީ 750 ރުފިޔާ ކަމަށެވެ.
މި އާ ޕްލޭން އާއެކު މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ އާއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ވެސް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އާޗާ ޕްރިޕެއިޑް ޕްލޭންސް އާއެކު ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އާ ޑޭޓާ ބެލެންސްއަކާއެކު ކަމަށާއި އާޗާ 2ޖީބީ ޕްލޭންސްއާއެކު ކަސްޓަމަރުންނަށް މުޅި މަހަށް ބަހާލައިގެން ބޮޑު ޑޭޓާ އެލަވަންސެއް މާކެޓުގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރުކޮށްދިނުމަށް. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ތަފާތު އާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ އެޕް މެދުވެރިކޮށް އެ ޕްލޭން އެކްޓިވޭޓް ކުރެވޭއިރު އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ޕްލޭން ނެގޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް "UD750" ޖެހުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އަދި 1#929 އަށް ޑަޔަލް ކޮށްލައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެގުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނަރު ޝޮޕެއް މެދުވެރިކޮށް ސްޓޭންޑާޑް ޕްރިޕެއިޑް ޕްލޭނެއް ބަލައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑަޔަލްކޮށްގެން އެކްޓިވޭޓްކޮށްލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު