ކ. ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެކަން ކަށަވަރު ކޮށްދެއްވައި ހުރާ ކައުންސިލުގެ ރައީސް އީސާ އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު ޕޮޒިޓިވް ވީ 72 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މާލެ ގެނައީ މިފަހަކަށް އައިސް ބަލިވެ އުޅޭތީ އިތުރު ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ.
"ރަށުން ބޭރަށް ދިޔަ މީހެއް ވެސް ނޫން އެއީ. ދެން ހިންމަފުށްޓަށް ދިޔަ މައުލޫމާތެއް އެބަ ލިބޭ. ނަމަވެސް މިފަހުން ގޭސް ވެ، ވަރަށް ގަދަޔަށް ބަލިވެ އުޅޭތީ ރަށު ހޮސްޕިޓަލަށް ދެއްކުމުން މާލެ ފޮނުވާލީ. މާލެ ފޮނުވާލީ ކޮވިޑަށް ޝައްކުވެގެންނެއް ވެސް ނޫން،" އީސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ކޭހާ ގުޅިގެން ރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެންގޮސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް އޭނާގެ 11 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާއިރު، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު