ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް އާ ހަވާލު ކޮށްފައިވާ ކޯޓުތަކަށް ދަތުރު ކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި، އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް އަދާކުރަން ޖެހޭ ޒިންމާއަށް އިހުމާލު ވެފައިވާ ކަމަށާއި، ކޯޓުގެ މުވައްޒަފުންނާއި ކޯޓަށް ހުށަހެޅޭ މަައްސަލަތަކުގެ ވާހަކަ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް ކޯޓުން ބޭރުގައި ދައްކާ ކަމަށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަންގެ "މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
އެގޮތުގެ މަތިން، މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި، އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން މިއަދު ވަނީ ބުނެފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން