ރިސޯޓު ހަދަން ފ. އަތޮޅުން އިތުރު ދެ ރަށެއް މިއަހަރު ބިޑަށް ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރޭ ފ. އަތޮޅުގެ ކެންޑިޑޭޓުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ އަތޮޅުން މިއަހަރު ރިސޯޓު ތަރައްގީ ކުރަން ހުޅުވާލަން ނިންމާފައިވަނީ އެނބުލުފުއްޓާއި ޖިންނަތަގައު ކަމަށެވެ. އަދި ފ. އަތޮޅުގައި މިހާރު ވެސް ތިން ރަށެއް ރިސޯޓު ހެދުމަށް ދޫކޮށްފައިވާއިރު, އެރަށްރަށުގެ މަސައްކަތް ކުރިއަށް ނުދާތީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން އެ ރަށްތަކާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
ފ. އަތޮޅުން ރިސޯޓު ހަދަން ދޫކޮށްފައިވަނީ ހިމިއްޗާއި މިނިމަސްގަލި އަދި މާފުއްޓެވެ.
މީގެ ތެރެއިން ހިމިއްޗާއި މިނިމަސްގަލީގައި ރިސޯޓު ހަދަން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް އޯވަސީސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏާ އެ ދެރަށް ވެސް ހަވާލުކުރީ 2013 ވަނަ އަހަރު އެވެ.
މާފުށީގައި ރިސޯޓު ހަދަން ހަވާލު ކޮށްފައިވަނީ ރާނިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެއީ 2017 ވަނަ އަހަރު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު