ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން, ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާއަށް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަވަސް ޝިފާއަކަށް އެދިވަޑައިގެންފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ, ދިވެހި ރައްޔިތުންނާއި އެމަނިކުފަނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް اللهގެ ހަޟްރަތުން އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ޕެންޑަމިކުން އަރައިގަތުމަށް އަމާޒު ހިފައިގެން ކުރަމުން އަންނަ މަސައްކަތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި އެވެ.
އޭގެ އިތުރުން ޕާކިސްތާނާއި ރާއްޖޭގެ ރަހުމަތްތެރި ގުޅުން އެގޮތުގައި ދެމި އޮންނާނެ ކަމަށާއި ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވް ވީ އިއްޔެ އެވެ. އަދި މިހާރު ހުންނެވީ ގެކޮޅުގައި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު