ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖާވިދު އަލީ އާއެކު ލައިބާ އަހްމަދު މަހުލޫފު (އެލީ) ރެކޯޑް ކޮށްފައިވާ ލަވަ ރިލީޒްކޮށްފިއެވެ.
ތަފާތު ފާޑުކިޔުންތަކާއެކުވެސް އެލީގެ ލަވަ، ''ޖީނޭ ކީ ވަޖާ'' ރިލީސްކުރި ހަބަރު ހިއްސާކުރެއްވީ އޭނާގެ ބައްޕަ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ.
އެކަން ހިއްސާކުރައްވައި މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ފާއިތުވި ހަ މަސްދުވަހުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި ޒީ ކޮމްޕެނީއަށާއި ލަވަކިޔުންތެރިޔާ ޖާވިދުއަށް ޓެގުކުރައްވައި މި މަސައްކަތުގައި އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް މަހުލޫފު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން އެލީ ޓެގް ކުރައްވައި ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ބޮލީވުޑް ލަވަކިޔުންތެރިޔަކާއެކު މަހުލޫފުގެ ދަރިފުޅު އެލީގެ ލަވައެއް ރިލީސްކުރަން ތައްޔާރުވެފައިވާކަމުގެ ހަބަރު މަހުލޫފު އިއްޔެ ޓުވިޓާގައި ހިއްސާކުރެއްވުމާއެކު ތަފާތު ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. ޔޫތު މިނިސްޓަރުގެ ހައިސިއްޔަތުން މަހުލޫފު ނުފޫޒު ބޭނުންކޮށްފައިވާކަމުގެ ތުހުމަތުތަކާއި މިފަދަ އެތައް ކަމަކަށް ފާޑުކިޔުން އަމާޒުވުމުން، މަހުލޫފުވެސް ވަނީ ނުފޫޒުގެ ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވެ، ރައްދު ދެއްވައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން