ގިނަ ދުވަސްތަކަކަށްފަހު ޗައިނާގެ އާންމުގެތެރެއިން ކޮވިޑް ކޭހެއް ފެނިއްޖެއެވެ.
ޗައިނާގެ ޝާންޒީ ޕްރޮވިންސުގެ ޖިއާން ސިޓީގެ ހެލްތު ވޯކަރެއް ޕޮޒިޓިވް ވެފައިވާއިރު މިއީ އެގައުމުން މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ފަހުން އާންމުންގެ ތެރެއިން ފެނުނު ފުރަތަމަ ކޭހެވެ.
ޝާންޒީ ޕްރޮވިންސުގެ ހެލްތު ކޮމިޝަނުން ބުނީ ކޮވިޑް ޖެހިފައިވާ މީހާއަކީ އެގައުމުގައި ކަރަންޓީނުގައި ތިބޭ މީހުންގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ކަމަށާއި އެމީހާ މަސައްކަތް ކުރަނީ އެ ސަރަހައްދުގެ ހޮސްޕިޓަލެއްގައި ކަމަށެވެ.
ދުނިޔެއިން ކޮވިޑްގެ ފުރަތަމަ ކޭސްތައް ފެނިފައިވާ ޗައިނާ އިން ވަނީ އެގައުމުގެ އާންމުންގެ ތެރޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.
ޗައިނާއިން މިހާތަނަށް 90،062 ކޮވިޑް ކޭސް ފެނިފައިވާއިރު އެގައުމުން 4636 މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ