ވެކްސިން ޖަހައިގެން ލަންކާއަށްދާ މީހުންނަށް ބޮޑު ލުޔެއް ދިނުމަށް އެގައުމުން ނިންމައިފިއެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ އެގައުމަށް އެތެރެވާ މީހުން އަމަލު ކުރަން ޖެހޭ ގައިޑްލައިނަށް ބަދަލު ގެނެސްފައެވެ. އެގޮތުން ލަންކާއަށް އެތެރެވާ މީހުން ވެކްސިން ޖަހާފައިވާ ނަމަ 14 ދުވަހު ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ލަންކާއަށް އެތެރެވުމަށްފަހު 24 ގަޑިއިރުތެރޭ ޕީސީއާރް ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެއެވެ.
ނަތީޖާ ލިބެންދެން ކަރަންޓީނު ވާން ޖެހޭނީ އެގައުމުގައި ކަނޑައަޅާފައިވާ ކަރަންޓީނު ސެންޓަރެއް ނުވަތަ ކަރަންޓީނު ހޮޓަލެއްގައެވެ.
ނަތީޖާ ލިބުމުން އެމީހަކަށް ގެއަށް ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެމީހާ ހުންނަ ސަރަހައްދެއްގެ މެޑިކަލް އޮފިސަރަށް އެކަން އަންގަން ޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ އެގައުމަށް އެތެރެވާ މީހުން ގެއަށް ބަދަލުވުމަށްފަހު ހަތްވަނަ ދުވަހުވެސް ރިޕީޓް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.
ލަންކާއަށް އެތެރެވާ މީހުންގެ ތެރެއިން ވެކްސިން ނުޖަހައި އެތެރެވާ މީހުން ކުރީގެ ގައިޑްލައިނަށް އަމަލުކުރަން ޖެހޭނެއެވެ.
ވެކްސިން ނުޖަހައި ލަންކާއަށް އެތެރެވާނަމަ އެތެރެވުމަށް ފަހު ޕީސީއާރް ޓެސްޓު ހަދައި ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރަން ޖެހެއެވެ. ހަތްދުވަސް ހަމަވުމުން ގެއަށް ދެވުނު ނަމަވެސް ގޭގައި ވެސް އިތުރު ހަތްދުވަސް ކަރަންޓީނު ވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ގޭގައި ހަތް ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށްފަހު އެމީހަކު އަލުން ޕީސީއާރު ހަދައި ނަތީޖާ ލިބެންދެން ވެސް ކަރަންޓީނުގައި ހުންނަން ޖެހޭނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ