ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ހައި ކޯޓުން ބުނީ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެ، ކ. ގާފަރު، އޯކިޑުމާގެ / އަބްދުއްސަލާމް، 15 އަހަރަށް ޖަލަށް ލުމަށް، ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރާ ކަމަށެވެ.
އޭނާއަށް ކޮށްފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ 2019 އަހަރުގެ ސެމްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ހުސައިން މަޒީދެވެ. މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު