ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.
ރައީސް ސޯލިހު މިހާރު ބަންގްލަދޭޝް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނާ ބައްދަލު ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދައުލަތުގެ އިސް ބައެއް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއިވެސް ބައްދަލު ކުރައްވާފަ އެވެ. އަދި ދެގައުމުގެ އޮތް ގާތް ގުޅުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގްލަދޭޝަށް މިނިވަންކަން ލިބިދިން އެގައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާ ކަމުގައިވާ ނޭޝަނަލް މާޓިއާޒް މެމޯރިއަލަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ އިހުތިފާލުތަކުގައި ރައީސް ސޯލިހް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު