ލ. ގަމުގައި މިމަހުގެ 14 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އާއިލާއިން ބުނެފި އެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނީ ދެ އަންހެނަކަށެވެ. މި ދެ މީހުންގެ ތެރެއިން އުމުރުން 55 އަހަރުގެ އަންހެންމީހާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.
އާއިލާއިން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އަންހެން މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ. އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާތީ ޑޮކްޓަރުންވެސް ވަކި އިތުރު އެއްޗެއް ވިދާޅު ނުވާ ކަމަށެވެ.
އޭނާ ބުނީ މި އެކްސިޑެންޓް ހިނގީ އެ އަންހެން މީހާ އޭނާގެ ފިރިމީހާއާ އެކު ސައިކަލުގައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. ފިރިހެން މީހާގެ ހާލު މިހާރު ރަނގަޅު ނަމަވެސް އަންހެން މީހާގެ ހާލަތަކަށް ވަކި ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.
އޭޑީކޭ ގެ އައިސީޔޫގައި އަންހެން މީހާއަށް ފަރުވާ ދެމުން އަންނައިރު މިހާތަނަށް އެއްވެސް އޮޕަރޭޝަނެއް ކޮށްފައި ނުވާ ކަމަށްވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު