ރައްޔިތުންގެ ސިއްހީ މައުލޫމާތު މިއަހަރު ނިމޭއިރު ހޯއްދަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސިއްހީ މައުލޫމާތު ނެގުމުގެ މަސައްކަތް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފައްޓަވައިގެން މިހާރު ކުރިއަށް އެބަ ގެންދަވާ ކަމަށެވެ.
އެ މަސައްކަތް ފުރަތަމަ ކުރިއަށްގެންދަވަނީ އެއްހާހުން ދަށުގެ ރަށްތަކުގައި ކަމަށާއި، އެގޮތުން އެ މަސައްކަތް މިހާރު ފަށާފައި ވަނީ، އ.ދ.ފ.ދ.މ.ވ މި ހަ އަތޮޅުގައި ކަމަށްވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދުވީ، ދެން އެ މަސައްކަތް ފަށާނީ ތ.ލ. އަދި ގއ ތޮޅުގައި ކަމަށާއި، އެއަށްފަހު އެ މަސައްކަތް ފަށާނީ ބ.ރ.ޅ އަތޮޅުގައި ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަނީ ޑިޖިޓަލްކޮށް ކަމަށާއި އެ މައުލޫމާތުގެ ސަބަބުން ރާއްޖޭގެ ހުރިހާ އެންމެންގެ ސިއްހީ މައުލޫމާތު ލިބި، ކޮވިޑް 19 ފަދަ ކާރިސާއެއް ކުރމަތިވާއިރު، އެމީހެއްގެ ސިއްހީ މައުލޫމާތު އެމީހާގެ ކިބައިން ހޯދުމުގެ ބަދަލުގައި އެ ފަދަ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން އެކަމުގެ ސަބަބުން ރައްޔިތުންގެ ހުރި ސިއްހީ މައުލޫމާތުގެ މައްޗަށް އެ ވަގުތަކު އެ ސަރަހައްދެގައި ސއްހީގޮތުން ކުރިއަށް ގެންދަން ޖެހޭ ޕްރޮގްރާމްތައް އެނގިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަހުމަދު ނަސީމް (ކެރަފާ ނަސީމް)
އަހުމަދު ނަސީމް (ކެރަފާ ނަސީމް)
އަހުމަދު ނަސީމް (ކެރަފާ ނަސީމް)