ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ގައުމުތަކުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ވަގުތު ކަނޑައަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯތު ފޮށި ބަހައްޓަން ނިންމާފައިވަނީ އިންޑިއާ އަދި ސްރީލަންކާގައި ކަމަށެވެ.
މި ދެގައުމުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ވަގުތުތައް ކަނޑައަޅާފައިވަނީ އެ ގައުމެއްގެ ގަޑިން ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން އިންޑިއާގެ ޓްރެވެންޑްރަމްގައި ވޯޓު ނަގަން ފަށާ ގަޑިއަކީ ހެނދުނު 7:30 ކަމަށާއި ވޯޓުލުން ނިންމާ ގަޑިއަކީ ހަވީރު 5:30 ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި ސްރީލަންކާގެ ކޮލަމްބޯގައިވެސް ވޯތު ނަގަން ފަށާނީ އެގައުމުގެ ގަޑިން ހެނދުނު 7:30ގައި ކަމަށާއި ވޯޓުލުން ނިންމާނީ ހަވީރު 5:30ގައި ކަމަށް އިލެކްޝަނުން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު