ބާޒާރު މަތީގެ ފަސް ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބާޒާރު މަތީ ފަސް ފިހާރައެއް ފަޅާލައި ވައްކަން ކުރީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. ވައްކަން ކޮށްފައިވަނީ އެ ފިހާރަތަކުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ އެވެ. ނަމަވެސް ވަގަށް ނަގާފައިވަނީ ކޮން އެއްޗެއް ކަމަށް ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް މިހާތަނަށް އެއްވެސް އިދާރާއަކުން އަދި ވިޔަފާރިވެރިންވެސް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ވައްކަމުގެ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
ބާޒާރުގެ ގިނަ އަދަދެއްގެ ފިހާރަތަކުން ވައްކަން ކޮށްފައިވަނީ ކާފިއު ގަޑީގަ އެވެ. އެ ވަގުތު މަގުމަތި ބަލަހައްޓަން ތިބެނީ ފުލުހުންނެވެ. ނަމަވެސް ހަމަޖެހިގެން ބަޔަކު ކުރި މި ވައްކަމުގެ އެއްވެސް އަޑެއް އިވުނު އަދި މަންޒަރު ފެނުނު މީހަކުވެސް ހުރިކަމެއް އަދި އެނގިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު