ބްރެޒިލްގެ އެންމެ ތާރީހީ ސްޓޭޑިއަމް، މަރަކަނާ ސްޓޭޑިއަމްގެ ނަން ފުޓުބޯޅަ ލެޖެންޑް ޕެލޭއަށް ހާއްސަކޮށްގެން ދޭން ނިންމައިފިއެވެ.
ރިއޯ ޑި ޖެނެއިރޯގެ ސްޓޭޓް ލެޖިސްލޭޗާއިން ނަގާފައިވާ ވޯޓަކުން އެކަން ނިންމާފައިވާއިރު، އެ އިދާރާއިން ހުށަހަޅާފައިވާ ނަމަކީ އެޑްސޮން އަރަންޓޭސް ޑޯ ނަސިމެންޓޯ - ރެއި ޕެލޭ ސްޓޭޑިއަމްގެ ނަމަށް މަރަކަނާ ސްޓޭޑިއަމްގެ ނަން ބަދަލު ކުރުމަށެވެ. އެޑްސޮން އަރަންޓޭސް ޑޯ ނަސިމެންޓޯއަކީ ޕެލޭގެ އަސްލު ފުރިހަމަ ނަމެވެ. ރެއި އަކީ "ކިންގް"ގެ ގޮތުގައި ބޭނުންކުރާ ޕޯޗުގީޒް ބަހެކެވެ.
ސްޓޭޑިއަމްގެ ނަން ބަދަލުކުރުމަށް ރަސްމީކޮށް ނިންމާނީ ރިއޯގެ ސްޓޭޓް ގަވަރުނަރު އެކަމަށް ހުއްދަ ދިނުމުންނެވެ.
ޕެލޭއަކީ މުޅި ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ ލެޖެންޑަރީ އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާއަކީ ގައުމީ ޓީމާއެކު ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔެކެވެ. ކެރިއަރުގައި ޕެލޭ ޖެހި 1000 ވަނަ ގޯލް 1969 ވަނަ އަހަރު މަރަކަނާ ސްޓޭޑިއަމްގައި ޖަހާފައިވާއިރު، އޭރު ޕެލޭ ކުޅެފައި ވަނީ ބްރެޒިލްގެ ސަންޓޯސް އަށެވެ.
1950 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި މަރަކަނާ ސްޓޭޑިއަމްއަކީ 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި އޮލިމްޕިކްސްގެ ފެށުމުގެ ރަސްމިއްޔާތުވެސް ބޭއްވި ސްޓޭޑިއަމްއެވެ. ސްޓޭޑިއަމްގެ ޖާގައަކީ މިހާރު 78،838 ނަމަވެސް ހަބަރުތައް ބުނާ ގޮތުން، 1950 އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އުރުގުއޭ އަތުން ބްރެޒިލް ބަލިވި މެޗު ބަލަން ދެލައްކަ ސްޕޯޓަރުން އެ ދަނޑަށް ވަދެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު