ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދޫއަށް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް މާއުނގޫދޫ އަށް މިހާރު ތައާރަފު ކޮށްފައިވާ ކަމަށާއި އެރަށުން ސުޕަނެޓްގެ ހިދުމަތް ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބިގެންދާނެ ކަމަށެވެ.
އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ޑިިޖިޓަލް ހިދުމަތްތަކާ އެކު މުޖުތަމައުތައް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރަނީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިތުރު ރަށަކަށް ފެންވަރު ރަނގަޅު އިންޓަނެޓް އަނެއްކާވެސް ފޯރުކޮށްދެވުމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ވިޔަފާރިތަކާއި އާންމު ދިރިއުޅުމަށް މުހިންމު އެތައް ހިދުމަތްތަކެއްވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލު ކުރަމުން އަންނައިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ މުހިންމުކަންވެސް އިތުރުވަމުން އަންނަ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
"ސުޕަނެޓްގެ ހިދުމަތާ އެކު މާއުނގޫދޫގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާއި ލުއި ފަސޭހަކަން ލިބިގެންދާނެ. މި ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓު ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގުރޭޑުކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އާއި ކުރިއަށްވުރެ ހަލުވި އިންޓަނެޓް ސްޕީޑު ވެސް ލިބިގެންދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު