ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެކަން އާންމު ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު މިއަދު ހަވީރު ބާއްވަވާ ނޫސްވެރީންގެ ބައްދަލުވުން އޮންނާނީ އޮންލައިންކޮށް ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުން ހުރިހާ ޓީވީ ޗެނަލަކުން ބްރޯޑްކާސްޓް ކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ވަން އޮންލައިންގެ ފޭސްބުކް ޕޭޖުން ވެސް މިއަދު ހަވީރު ރައީސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުން މި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ފަދަ ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިނުގަންނަވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު