އޭޑީކޭ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހަދައިދޭ އަގުތައް އަނެއްކާ ވެސް ހެޔޮކޮށްފިއެވެ.
އޭޑީކޭ އިން މިއަދު ބުނީ އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން، ޕީސީއާރު ޓެސްޓު ހެދުމަށް މިހާތަނަށް ނަގަމުން އަންނަ އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ މިފަދަ ދަނޑިވަޅެއްގައި އެ ހިދުމަތް ވީހާވެސް ފަސޭހައިން އަދި ހެޔޮ އަގުގައި ދެވޭނެ ގޮތްތައް ހޯދައިދިނުމުގެ ގޮތުން ކަމަށް ވެސް ބުންޏެވެ.
އެގޮތުން މާދަމާ އިން ފެށިގެން އޭޑީކޭން ދިވެހީންނަށާއި ވޯކްޕާމިޓްގައި މަސައްކަތްކުރާ މީހުންނަށް -/700 ރުފިޔާ އަށް ކޮވިޑު ޓެސްޓު ހަދައިދޭނެ އެވެ. ފަތުރުވެރިންނަށް ކޮވިޑު ޓެސްޓު ހަދައިދޭނީ 45 އެމެރިކާ ޑޮލަރަށެވެ.
މީގެ ކުރިން ދިވެހީންނާއި ވޯކްޕާމިޓް އޮންނަ ބިދޭސީންގެ ޕީސީއާރު ޓެސްޓު އޭޑީކޭން ހަދައިދެނީ 1000 ރުފިޔާ އަށެވެ. އަދި ޕީސީއާރު ޓެސްޓަކަށް ފަތުރުވެރިއެއްގެ އަތުން ނަގަމުން އަންނަނީ 70 ޑޮލަރެވެ.
އޭޑީކޭން ބުނީ، ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންވާ ތަކެތި ހޯދުމަށް މިހާރު ލުއި ލިބިފައިވާ ކަމަށާއި އަދި ދުނިޔޭގެ މާރުކޭޓުގައި ވެސް މި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތީގެ އަގު ހެޔޮވަމުން އަންނަ ކަމަށެވެ. އެހެންކަމުން މި ހެޔޮ ބަދަލުގެ މަންފާ އާންމުންނަށް ފޯރުވައި ދިނުމަކީ މިފުރުސަތުގައި ވަރަށް މުހިންމު ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު