ސަރުކާރުން އުފައްދާފައިވާ ކުންފުނި ތަކުގެ ތެރެއިން ފައިދާ ނުވާ ގިނަ ކުންފުނިތަކެއް މިހާރު އުވާލައްވާފައިވާ ކަމަށާއި، އުވާލަން ޖެހޭ އިތުރު ކުންފުނިތައް ކޯޓު މަރުހަލާއިން ނިންމަން ޖެހޭ ކަންތައްތަކެއް ނިންމަން ޖެހޭތީ އަދި އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްްޖެއެެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ސަރުކާރުހިއްސާވާ ކުންފުނިތަކުގައި ހުރި ބައެއް މައްސަލަ ތަކާއި، ޕީސީބީގެ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންތަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރު ކުރައްވައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ފައިދާނުވާ، ސަރުކާރުގެ ކުންފުނިތައް އުވާލުމަށް ވާހަކަ ދައްކާފައިވީނަމަވެސް، އެފަދަ ކުންފުނިތައް އުވާލުމުގެ ބަދަލުގައި އެތަންތަނުގެ މުވައްޒިފުންނަށް މުސާރަދީގެން އަދިވެސް އެތަންތައް ކުރިއަށް ގެންދާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އެ ބޭފުޅުން ސަރުކާރާ ހަވާލުވި ފަހުން އެފަދަ ބައެއް ކުންފުނިތައް އުވާލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޒާނާ އިންވެސްޓްމެންޓް އާއި މޯލްޑިސް އިންވެސްޓްމަން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ކޯޓު މަރުކަލާ ތެރޭގައި ހުރުމުން އުވާލުމުގެ މަސައްކަތް މުޅިން ނުނިމިހުރި ބައެއް ކުންފުނިތައް ވެސް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ކުންފުނިތައް ޕްރެވަޓައިޒް ކުރުމަށްޓަކައި، ޕްރަވަޓައިޒޭޝަންގެ ސިޔާސަތެއް ސަރުކާރުން ގެންނަން ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ކުންފުނިތަކުން، ބައެއް ޕްރަވަތައިސް ކުރެވިގެން ދިއުންވެސް ހިމެނޭނެ ކަމަށެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު