އެންދަމަން އޮތް ދޯނީގައި ދެ ބިދޭސީންގެ މެދުގައި ހިނގި ހަމަ ނުޖެހުމުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ބިދޭސީ މީހާއަށް ފަރުވާ ދެމުން އަންނަކިކޮށް މަރުވެއްޖެ އެވެ.
ބިދޭސީ މީހާ އަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ފަރުވާ އަށް ގެންގޮސްފައިވަނީ ވޭމަންޑޫ ހޮސްޕިޓަލަށެވެ.
ވޭމަންޑޫ ހޮސްޕިޓަލްގެ މެނޭޖަރު މިދުހަތު ނާސިރު ދާދި ދެންމެ "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ސަބަބުން ބިދޭސީ މީހާ މީގެ ކުޑަ އިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށެވެ.
މިދުހަތު ވިދާޅުވީ ވަޅިއެއް ފަދަ އެއްޗަކުން ހަމަލާދީފައި ވަނީ އޭނާގެ އަރިކައްޓަށް ކަމަށާއި ވަޅި ހެރުމުގެ ސަބަބުން އޭނާގެ ކިޑްނީ އާއި ބްލެޑާގެ އިތުރުން އެހެނިހެން ގުނަވަންތަކަށް ގެއްލުންވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެން ދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ރޭ 3:50 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގއި 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު